ނަރުހުންނަނީ ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތް: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނަރުހުންނަނީ ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތް: ނައިބު ރައީސް

ނަރުހުންނަނީ ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނަރުހުންނަކީ ޞިއްޙީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށާއި އަދި ނަރުހުންގެ އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެންކަމަށެވެ.

މީގެއިތުރުން މިދުވަހާގުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ނަރުހުންނަކީ އެމީހުންނަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް އެއްވެސް ފަސްޖެހުމެއްނެތި އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށާއި އަދި މި މަސައްކަތުގައި ދެމިތިއްބެވި އެންމެހާ ދިވެހި ނަރުހުންނަށް ވަޒީރުގެ މެސެޖުގައިވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ވަޒީރުގެ މެސެޖުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ޣައްޒާގައި ސިއްޙީ ޚިދުމަތުގައި ދެމިތިބި ނަރުހުންނަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. ވަޒީރު ވަނީ ނަރުހުންގެ ގޮތުގައި ޣައްޒާގައި ޚިދުމަތްކުރައްވާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް މާތް ﷲ ކިބައިން ދުޢާ ދަންނަވާފައެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޒަމާނީ ނަރުސްކަން ދުނިޔެއަށް ތަޢާރަފްކުރިކަމަށް ގިނަ ބަޔަކުދެކޭ ފްލޮރެންސް ނައިޓިންގޭލް ގެ އުފަން ދުވަހާ ގުޅުވައިގެންނެވެ.

މިއަދު އޮންލައިން