ކުރީ ސަރުކާރު ހިންގަން ނެގި ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނުން އޮތީ އެއްވެސް ފައިސާއެއް ނުދައްކާ! ދައްކަން މިޖެހެނީ މިސަރުކާރަށް! ޒަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކުރީ ސަރުކާރު ހިންގަން ނެގި ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނުން އޮތީ އެއްވެސް ފައިސާއެއް ނުދައްކާ! ދައްކަން މިޖެހެނީ މިސަރުކާރަށް! ޒަމީރު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ހިންގަން 2019 ވަނަ އަހަރު އިންޑިޢާއިން ނެގި ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނުން އޮތީ އެއްވެސް ފައިސާއެއް ނުދައްކާ ކަމަށާއި އެދަރަނިވެސް ދައްކަން މިޖެހެނީ މިސަރުކާރަށް ކަމަށް ޚާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މިސަރުކާރުން މިހާރުވާނީ އެދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކާފައި ކަމަށާއި އަނެއް 150 މިލިއަން ޑޮލަރު ދައްކަން ލުއި ގޮތްތަކެއް ހޯއްދަވަން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އަދި ލުއި ގޮތްތަކެއް ހަަމޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. 

އެނގެމުން މިދަނީ ކުރީ ސަރުކާރުން ކުރިކަމަކީ ބައިތުލްމާލް ހުސްކުރުމާއި ކުންފުނިތައް ހުސްކުރުމާއި އެވަރުން ނުފުދިގެން ބޭރު ޤައުމުތަކުން ލޯނު ނަގައި އެފައިސާވެސް ހުސްކުރިކަމެވެ. ހަމައެއާއިއެކު އިންޑިއާއިން ބޭނުންވިހައި ގޮތަކަށް ކަންކަން ދީލައިލަމުން ގެންދިއައީ މާލީ ގޮތުން ދަށުވެ ދަރާވިކި ބޯސަލާމަތްކުރެވޭނެ ގޮތެއް ނެތުމުން ކަމެވެ.

 

މިއަދު އޮންލައިން