ފަލަސްޠީނަށް މިލިބުނީ ތާރީހީ ކާމިޔާބެއް! ރާއްޖެ އަބަދުވެސް ދެމިތިބޭނީ ފަލަސްތީނާއެކު: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފަލަސްޠީނަށް މިލިބުނީ ތާރީހީ ކާމިޔާބެއް! ރާއްޖެ އަބަދުވެސް ދެމިތިބޭނީ ފަލަސްތީނާއެކު: ރައީސް

ފަލަސްތީނަކީ އދގެ ދާއީމީ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް އދ. އާންމު މަޖިލީހުން މިއަދު ފާސްކުރުމަކީ ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ފާސްކުރުމާ ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާގައި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުއިއްޒު މިރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީން ރައްޔިތުން މިނިވަން އަމިއްލަ ދައުލަތެއްގެ ހައްގު ހޯދުމަށް މަސައްކަތްތައް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި ފަލަސްތީން ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަކީ ދިވެހިން ނަމޫނާ އަކަށް ދެކޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ 1967ގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމަށާއި އަދި ފަލަސްތީންގެ ވެރިރަށަކަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމަށެވެ. 

ފަލަސްތީންގެ މިނިވަން ދައުލަތަކަށް ދިވެހިރާއްޖެ އިން ވަކާލާތު ކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގައިވެސް ރައިސް ވިދާޅުވިއެވެ.

މިއަދު އޮންލައިން