މިސަރުކާރުން ޤާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލްގައި ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެ: ޑރ. ޚަލީލް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 4ސ
މިސަރުކާރުން ޤާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލްގައި ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެ: ޑރ. ޚަލީލް

މިސަރުކާރުން ޤާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލްގައި ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވަރެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެތަން ވެގެންދާނީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއްތަނަށްކަމަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްޤީކުރަނީ ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެ އިންތިޒާމްތަކާއި އެހެނިހެން ޚިދުމަތްތަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ފަރުވާދެމުންދާ އިމާރާތް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އައު އިމާރާތެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ އިމާރާތް ތަރައްޤީކުރައްވާނީ ތެލެސީމިއާ ކުދިންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށާއި މިހާރު އިމާރާތުގެ ޑިޒައިންގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އިމާރާތް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސެމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން