ކޮންމެ ބޭފުޅަކަށްވެސް ރައީސް އާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮންމެ ބޭފުޅަކަށްވެސް ރައީސް އާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރަނީ

ރައީސުލްޖުމްހޫރިއްޔާއާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އޮފީހުން ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސުވާލާ ޖަވާބު ޕްރޮގްރާމް މިހާތަނަށް ގެނެސްދެއްވަމުން އައި ގޮތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންނަށް ފުރުޞަތު ފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާކަމުގައެވެ.

"ހަމަ ހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައި ދިނުމުގެ ގޮތުން، އަދި ހަމައެއާއި އެކީގައި ވީހާވެސް ގިނަ ފަރާތްތަކައް ރައީސުލްޖުމުހޫރިއްޔާއާއި ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސް ދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި " ހީނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން