އަޅުގަނޑަކީ ފިނިކޮޓަރީގަ އިނދެގެން ކުންފުނި ހިންގާ މީހެއް ނޫން! ކޮންމެދުވަހަކު އިންޖީނުގެތަކަށް ގޮސް އިންޖިނޭރުންގެ ކަންކަން ބަލަން!: ޙުސައިން ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަޅުގަނޑަކީ ފިނިކޮޓަރީގަ އިނދެގެން ކުންފުނި ހިންގާ މީހެއް ނޫން! ކޮންމެދުވަހަކު އިންޖީނުގެތަކަށް ގޮސް އިންޖިނޭރުންގެ ކަންކަން ބަލަން!: ޙުސައިން ފަހުމީ

- ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދުނޫހަށް ދެއްވި ޚާއްޞަ އިންޓަރވިއު 

 

މިއަދުނޫސް: މާލެސިޓީގަ އާ ރާއްޖެތެރޭގަ ހުރި ސްޓެލްކޯގެ ޕަވަރހައުސްތަކުގަ އެބަތިބިތޯ ފުދޭވަރަކަށް މުވައްޒަފުން.؟ ދެން އަނެއް ކަމަކީ ޓެކްނިކަލްމީހުން ލިބުމުގަ ދަތިތަކެއް އެބަހުރިތޯ؟ ނޫނީ މީހުންގެ ޝައުޤުވެރިކަން އެބަހުރިތޯ ސްޓެލްކޯއިން ވަޒީފާއަށް ކުރިމަތި ލައިގެން މަސެއްކަތް ކުރަން؟ މި ދެންނެވީ އެ ޤާބިލް އިންޖިނިއަރުންގެ އިނގޭތޯ؟

ޙުސައިން ފަހުމީ: ތައުލީމީ ޤާބިލް ޒުވާން އިނޖިނިއަރުންތަކެއް މިތާ އެބަތިބި! މިތަނަށް ފުދޭވަރަށް ވުރެ ގިނައިންވެސް ތައުލީމީ ޤާބިލް ޒުވާން އިންޖިނިއަރުން އެބަތިބި. ހަމަ ރާއްޖެއިން ހޮވާލެވޭނެ އެންމެ ބްރައިޓް ފިގާރސްތައް މިތާ އެބަތިބި. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުން އިތުރަށް ކިޔަވައިގެން ތިބި، މިދާއިރާއިން ކިޔަވައިގެން ތިބި މި ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން އަންނަން. އަޅުގަނޑުމެންގެ ވޯކް ފޯރސް އަބަދުވެސް އޭޖްވަމުން ދާނީ ދެއްތޯ.  

ދެން ހަމައެކަނި މިތާ ތިބީ ތަޢުލީމީ ޤާބިލް ޒުވާން އިންޖިނިއަރުންނެއް ނޫން. ތަޖުރިބާކާރު އިނޖިނިއަރުންތަކެއް ވެސް އެބަތިބި. އެބޭބޭފުޅުންނަށް ޔުނިވަސިޓީން ކިޔަވަން ފުރުސަތު ނުލިބުމަކީ އެއީކީ އެބޭފުޅުން ނިކަމެތިވުމެއްވެސް ނޫން. އެހެން ނަމަވެސް 20 އަހަރު 30 އަހަރު ތަޖުރިބާ ލިބިފަތިބި އިންޖިނިއަރުން އެބަތިބި. އެއީ އަސްލުގަ މިތަނުގެ އެންމެ ބޮޑު ސްޓްރެންތަކީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމްގެ. އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމް ބެލެހެއްޓުމަށް އަޅުގަނޑުމެން ހާއްސަ މަސައްކަތެއް ކުރަން މިހާރުވެސް، އެބޭފުޅުން އުޅޭ ނޫޅޭގޮތް ބަލާ، އެބޭފުޅުންގެ އަރިހަށް ގޮސް.  

ހަމައެކަނި ސްޓެލްކޯގެ ފިނިކޮޓަރީގަ އިނދެގެން ކުންފުނި ހިންގަނީކީނޫން. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާ ކަމެއް އިގޭތޯ. ޓެކްނިކަލް މުވައްޒަފުން އުޅޭނޫޅޭގޮތް ބަލަން ޓެކްނިކަލް ތަންތަނަށް ގޮސް ބަލާލާ ވާހަކަ ދައްކާލާ ހެދުން. އެއީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ރޫޓިންކޮށް ކުރާ ކަމެއް. ސްޓެލްކޯ މުވައްޒަފުން ހެކިވާނެ އަޅުގަނޑު އެކަން އެގޮތަށް ކުރާކަމަށް. އަދި ރާއްޖެތެރޭގެ ރަށްރަށަށްވެސް އަޅުގަނޑުމެން މި ކުރި ޒިޔާރަތުގަ ތަންތަން ވަރަށް ބޮޑަށް ވީރާނާވެފަ ހުރިކަން އިނގޭ. އަޅުގަނޑުމެން މިހާރު މި ވިސްނަނީ ހުރިހާ މެނޭޖަރުން ގެނެއްސަ ތަންތަން ބަލަހައްޓާނެ ގޮތުގެ ފޮތެއް ލިޔެފަ އެބޭފުޅުންނާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ވަކި ގައިޑްލައިނެއް. އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ސިސްޓަމް ސްޓެލްކޯގެ. ސްޓެލްކޯގެ ތަނެއް ވެއްޖެއްޔާ ހުންނަންޖެހޭނީ ވަކި ސްޓެންޑަޑަކަށް ކަން އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާ ކަމެއް އެއީ. އެހެންވެ އެ ސްޓެންޑަޑް އަނެއްކާވެސް ގެނައުމުގެ މަސެއްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ.

 

 

މިއަދު އޮންލައިން