މިސަރުކާރުން އުފެއްދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤިކުރަން ކުވައިތުގެ ޒަކާތު ހައުސްގެ އެހީތެރިކަން ހޯދަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މިސަރުކާރުން އުފެއްދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤިކުރަން ކުވައިތުގެ ޒަކާތު ހައުސްގެ އެހީތެރިކަން ހޯދަނީ-

މިސަރުކާރުން އުފެއްދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯރޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުން ކުވައިތުގެ ޒަކާތުގެ ހައުސް ޢާއި މަޝްވަރާކުރައްވައިފިއެވެ. 

މިކަންކަމަށް މަޝްވަޜާކުރައްވާފައިވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީ އާއި ރާއްޖޭގެ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި ކުރެއްވެވި މަޝްވަރާތަކުގައެވެ. 

ޒަކާތު ހައުސް އިން ގެންދަނީ ފަރުޟު ޒަކާތުގެ ކަންކަން ރާއްޖޭގައި ހަރުދަނާކޮށް ޒަކާތް ދައްކާ މީހުންގެ ޢަދަދު އިތުރުކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާއިބެހޭ ބިލެއްވެސް އެކުލަވާލާފައިވާކަމަށާއި އައު ަމޖިލިސް ފެށި ހިނގައި ގަތުމުން ބިލް ަމޖިލީހަށް ފޮނުއްވާނެ ކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ.

 

މިއަދު އޮންލައިން