އަލަށް ޢިމާރާތްކުރާ 3 މިސްކިތުގެ ޑިޒައިން ޢާންމުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަލަށް ޢިމާރާތްކުރާ 3 މިސްކިތުގެ ޑިޒައިން ޢާންމުކޮށްފި

އަލަށް އިމާރާތްކުރާ ތިން މިސްކިތުގެ ޑިޒައިންތައް ނިންމާ ޢާންމުކޮށްފިއެވެ.

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައަިވަނި 300/ 500/ 700 މީހުންގެ ޖާގައިގެ އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް ވަނީ ނިމިފައިވާކަމަށާއި މި މިސްކިތްތައް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތައް, މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީ ވެސް ހަރުކުރެވިފައި ކަމަށެވެ. 

ޖޫންމަހު އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި މިސްކިތްތައް ޑިޒައިންކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓަޑުންނެވެ.

މިސްކިތްތަކުގެ އިންފްރާސްޓްރަކްޗާގައި ސޯލާ ޕެނަލްތައް ހިމަނައިގެން ސާފު ހަކަތަ ބޭނުންކުރުމުން، ކާބަން ފުޓްޕްރިންޓް މަދުކޮށް، ތިމާވެށްޓަށް ހެޔޮ ފައިދާތަކެއް ކުރާނެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި އެއަރކޮންޑިޝަން ސިސްޓަމްތައް ގާއިމްކުރެވިފައި ހުރުމަކީ އާންމުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކާއި ހިތްހަމަޖެހުމެކެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އާ ތިން މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައިކަަމަށެވެ. އެއީ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

 

މިއަދު އޮންލައިން