ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ދުނިޔޭގެ ފެންވަރުގެ އިވެންޓެއް ރާއްޖޭގައި ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ދުނިޔޭގެ ފެންވަރުގެ އިވެންޓެއް ރާއްޖޭގައި ބާއްވަނީ

ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ދުނިޔޭގެ ފެންވަރުގެ އިވެންޓް އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އަންނަ ޖުލައިމަހުގެ 9އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސްއެވެ. މިއަހަރުގެ ކޮންގްރެސްގައި ރާއްޖޭގެ އެއަރލައިންތައް ހިމެނޭހެން ޖުމްލަ 55 ފަރާތަކުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރ ޝަމްއާން ޝާކިރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންގްރެސްއަށް އެއަރޕޯޓްތަކާއި އެއަރލައިންތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި ކޮންގްރެސް މާކެޓު ކުރުމުގެ މަސައްކަތްކަމަށެވެ. މިއަހަރު ކޮންގްރެސް ހޮސްޓިން ޕާޓްނަރަކީ ވީއައިއޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މިފަދަ ކޮންގްރެސްއެއް ރާއްޖޭގައި ބޭއްވުމުން ވީއައިއޭއަށް ދަތުރުކުރާނެ އިތުރު އެއަރލައިންތައް ހޯދި އެ އެއަރލައިންތަކާއެކު އިތުރު މަރުހަލާތައް ފެށިގެންދާނެކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

މިއީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. 

 

މިއަދު އޮންލައިން