ދިރިއުޅުން އަނަރޫފަވަނީހެއްޔެވެ؟ ކުއްލިއަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަނީހެއްޔެވެ؟ ޙައްލު ހޯދަން މިމަގުން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރިއުޅުން އަނަރޫފަވަނީހެއްޔެވެ؟ ކުއްލިއަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަނީހެއްޔެވެ؟ ޙައްލު ހޯދަން މިމަގުން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގައި 2 ގޮތެއް އޮވެއެވެ. މިބުނަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުގައި ދެގޮތެއް އޮންނަ ވާހަކައެވެ. އެއްގޮތަކީ ކުރަން އަމުރުފުޅު ކުރެއްވެވި ކަންކަން ނުކުރުމެވެ. ދެވަނަ ގޮތަކީ ނުކުރަން އެންގެވި ކަންކަން ކުރުމެވެ. މިއިން ކޮންމެ ގޮތަކީވެސް ނުކިޔަމަންތެރިވުމެވެ. 

ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ މޫނުއަނބުރާލައިފިނަމަ އެމީހަކަށް ތަފާތު ގޮތްގޮތުން މުޞީބާތްތައް ކުރިމަތިކުރައްވަވާނެތެވެ. ހިތްދަތިކަން ކުރިމަތިކުރައްވަވާނެތެވެ. އެކިޔާ ނަފްސާނީ ބަލީގެ ކަންކަން ކުރިމަތިކުރައްވަވާނެތެވެ. 

މިޘާލަކަށް ނަމާދުނުކުރުމާއި އެހެންވެސް ފަރުޟުތައް އަދާނުކުރުމަކީ ނުކިޔަމަންތެރިވުމެވެ. ހަމައެފަދައިން ފާޙިޝް ޢަމަލުތައް ކުރުމާއި އެހެންވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރުމަކީ، ނުވަތަ ފާފަތަކަށް އަރައިގަތުމަކީވެސް ހަމަ އެކަލާނގެއަށް ނުކިޔަމަންތެރިވުމެވެ. 

ބައެއް މީހުން ވަރަށް އުފަލުގައި ދިރިއުޅެމުން ގޮސް ކުއްލިއަކަށް ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓި ހަފުސްވެދާނެއެވެ. މިޘާލަކަށް ވަޒީފާ ގެއްލިދާނެއެވެ. ކުރާ ވިޔަފާރީން ގެއްލުން ލިބެން ފަށައިފާނެއެވެ. އުފަލުގައި ދިރިއުޅެމުން އައި ޒަވާޖީ ޙަޔާތުގެ ކަންކަން ބޮޑު ބިލާހަކަށ ބަދަލުވެދާނެއެވެ. މިނޫންވެސް ތަފާތު އެތައް ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. 

ކުއްލިއަކަށް މިފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ބިރުވެތިވާށެވެ! އަދި ދިރިއުޅުމަށް މިފަދަ ބަދަލުތައް އަންނަން ފަށައިފިނަމަވެސް ބިރުވެތިވާށެވެ! ތިމާއަށް އެއްވެސް ފާފައެއް ކުރެވޭތޯ ވިސްނައިލާށެވެ! އަދި ކުރިން މިބުނިފަދަ ގޮތަކުން ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެވޭތޯވެސް ވިސްނައިލާށެވެ. އެފަދަ ކަމެއް ކުރެވޭނަމަ އަވަހަށް އެކަމެއް އިޞްލާޙްކޮށްލާށެވެ. 

އަދި އެފަދަ ނުކިޔަމަންތެރިކަމެއް ތިމާގެ ކިބައިގައި ނެތްނަމަވެސް ތައުބާވެ އަސްތަގްފާރުކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރާށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން