އޮސްޓްރޭލިއާގަ އިސްލާމް ދީނާ ދެކޮޅަށް ޙަރަކާތްތެރިވަމުން އައި ސިޔާސީ ޝަޚްޞިއްޔަތެއްކަމަށްވާ ޝަރމަން ބުރުގެސް (Shermon Burgess) އިސްލާމްވެއްޖެއެވެ. އިސްލާމްވުމަށްފަހު އޭނާ ބުނެފައިވަނީ އިސްލާމް ދީނުގަ ނޫނީ ޞުލްޙައެއް، ޢާއިލީ ހަމަޖެހުމެއް އަދި ފައިދާހުރި އަޚްލާޤެއްވެސް ނެތްކަމަށެވެ.
އޭނާ ބުނެފައިވަނީ އަދިވެސް ދީނުގެ ކަންކަން ދީނުގައިވާ ގޮތަށް ޙިމޡާޔަތްކޮށް ޢަމަލުކުރަނީ މުސްލިމުން ކަމަށެވެ. އެހެން ދީންތަކުގެ މީހުންވަނީ ދީނުގެ އަޞްލު ބަދަލުކޮށްފައި ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާ އިސްލާމްވާން ވިސްނި އެއް ސަބަބަކީ ހުޅަގުން މުސްލިމުން ނިކަމެތިކުރަމުން އަންނަ އައުން އޭނާ ޤަބޫލުނުކުރާތީ ކަމަށެވެ. އަދި އެއްވެސް ދީނެއް ނެތުމުން ހުޅަނގުގައި އިންސާނުންނަށް އަޚްލާޤް އެއްވެސް ވަރަކަށް މިހާރު ނެތް ކަމަށެވެ.
"އަހަރެން ޤަބޫލުކުރާ ކަމެއް ނޫން ބަނގުރާ ބުއިމާ ޑްރަގް ބޭނުން ކުރުމާ އެމީހަކު ބޭނުން މީހަކު ނިދުމަކީ. އެކަންކަމުގެ ސަބަބުން އިންސާނުންގެ އަޚްލާޤް މިވަނީ ވަރަށް ދަށުދަރަޖައަކަށް ވެއްޓިފަ."
އޭނާ ބުނެފައިވަނީ ޢާއިލީ ޒިންމާތައް އެންމެ ފިރިހަމައަށް އަދާކުރަނީ މުސްލިމުން ކަމަށާއި ޢާއިލާތަކަށް އެންމެ ބޮޑަށް ފައިދާކުރާނީ އިސްލާމް ދީނިގައި އޮތްމަގުން ޢާއިލާގެ ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުން ކޮންމެ ދުވަހަކުވެސް ގިނަ ބައަކު ދަނީ އަލަށް އިސްލާމްވަމުންނެވެ.