ކިޔެވުމަށް ވަގުތު ރާވާލާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ކިޔެވުމަށް ވަގުތު ރާވާލާނީ ކިހިނެއް؟

ޢާއިޝަތު ރަފާޙް ޢަލީ

ކިޔެވުމަކީ ނުވަތަ ޢިލްމު އުނގަނުމަކީ އިސްލާމް ދީނުގައިވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ މުޖާދަލާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿١١﴾‏ މާނައީ: "ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

އަދިވެސް ޢަލަޤް ސޫރަތުގެ 1 އިން 5 އަށް ވަހީ ކުރައްވާފައިވާ ވެއެވެ. ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾‏ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾‏ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾‏ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾‏ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾‏ މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)" 

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ކިޔެވުމަށް ވަގުތު ރާވާލާނެ ގޮތްތަކެވެ. ނުވަތަ ފިލާވަޅުތައް ދަސްކުރުމަށް އަދި މުރާޖަޢާ ކުރުމަށް އެހީވެދޭނެ ބައެއް ކަންކަމެވެ. 

·      ކިޔެވުމަށް ހަފްތާތަކުގެ ވަކި ދުވަސްތަކެއް އަދި ވަކި ގަޑިތަކެއް ކަނޑައެޅުން

(އެއީ އެމީހަކު ބޭނުންނަމަ ވަކި ދުވަސްތަކެއް ދޫކޮށްލުމާއި ކިޔަވާ ދުވަސްތަކުގައި ކިޔަވާނެ ވަޤުތު ދުރާލައި ކަނޑައެލުމެވެ.)

·      އާއިލާއާއި އެކީގައި ވަގުތު ހޭދަކުރުމަށް ކަނޑައެޅުން

(އެއީ ކިޔަވާ ވަޤުތުތަކަކީ ޢާއިލާގެ މީހުންގެ ކަންކަމާއި ދުރުހެލިވެ ކިޔެވުމަށް އެކަނި ޚާއްޞަކުރާ ވަޤުތުތަކެއް ކަމުގައި ކަނޑައެޅުމެވެ. ފިލާވަޅު ދަސްކޮށްދޭން އެހީތެރިވާނެ ބައަކު ޢާއިލާގައި ތިބި ނަމަ އެބައަކާއިއެކުގައި ވަޤުތު ހޭދަކުރެވޭނެ ގޮތަށް ތާވަލލުކުރުމަކީވެސް ފައިދާކުރާނެ ކަމެކެވެ.)  

·      ކިޔެވުމަށްފަހު ވަކި ވަގުތުކޮޅެއް އަރާމު ކުރުމަށް ހޭދަކުރުން

(ފިލާވަޅުތައް ދަސްކޮށް ނިންމާލުމަށްފަހު ވަޤުތުން އެހެންކަމަށް ވިސްނުން އަނބުރައިލާނަމަ ހަނދާން ނެތުން ގާތްވާނެއެވެ. ވީމާ ނިންމާލުމަށްފަހު އަރާމުކޮށްލަން ވަޤުތުކޮޅެއް ހޭދަކުރާށެވެ. އަދި އެ ވަޤުތުކޮޅުގައި ފިލާވަޅުތަކުން ފާހަގަކުރެވުނު މުހިންމު ކަންކަން ސިކުނޑީގައި ހަރުލައްވަން މަސައްކަތްކުރާށެވެ.)

·      ކިޔެވުމަށް ވަކި ތާވަލެއް ހަދާފައި ބޭއްވުން

(އެއީ އެދުވަހަކު ކިޔަވާނެ މާއްދާ ނުވަތަ މައުޟޫޢު ކުރިއަށް ކަނޑައެޅުމެވެ.)  

·      ބޮޑެތި ފިލާވަޅުތައް ބައިބައި ކޮށްލުން

(ބޮޑެތި ފިލާވަޅުތައް އެކުގައި ދަސްކުރަން އުޅޭނަމަ ގިނަ ބައަކަށް އުނދަގޫތައް ކުރިމަތިވެއެވެ. އެހެންވުމުން ފިލާވަޅު އެމީހަކަށް ފަސޭހަވަރަކަށް ބައިބައަށް ބަހާލުމަކީ ދަސްކުރަން ފަސޭހަވާ ކަމެކެވެ.

·      ކިޔެވުމަށް ހުންނަ ފިލާވަޅުތައް ފަހަށް ނުބެހެއްޓުން

(އެއް ދުވަހާ ގިނަ ފިލާވަޅުތައް ދަސްކުރަން ނުބަހައްޓައި އަބަދުވެސް ދަސްކުރަމުން ގެންދިއުން)

·      ﷲ އަށް އިޚްލާސްތެރިވެ ދުޢާ ކުރުމަށްފަހު ކިޔަވަން ފެށުން

ކިޔަވަން އިށީނދެފައި ފުރަތަމަ ކަމަކަށް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކަން އެދިގެން އަޢޫޛް ކިޔާށެވެ. ދެން ބިސްމިﷲ ކިޔާށެވެ. އެއަށްފަހު رَّبِّ زِدْنِي عِلْمًا ފަދަ ދުޢާއެއް ކުރާށެވެ.)

 

މިއަދު އޮންލައިން