ޙައިޟުގެ ލޭ ކެނޑިފައި ފަހުން ފެންނަނަމަ އާއި ލޭ ކެނޑިއްޖެކަން ޔަޤީންކުރަން ޢަމަލުކުރަންވީގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޙައިޟުގެ ލޭ ކެނޑިފައި ފަހުން ފެންނަނަމަ އާއި ލޭ ކެނޑިއްޖެކަން ޔަޤީންކުރަން ޢަމަލުކުރަންވީގޮތް-

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ކޮންމެ އަންހެނަކަށްވެސް އާދަވެގެން އޭނަގެ ޙައިޟުގެ މުއްދަތު އެނގޭނެއެވެ. ވީމާ، އެމުއްދަތުތެރޭގައި ރަނގަޅުވެއްޖެނަމަ އިތުރަށް ބަލާކަށް ނުޖެހޭނެއެވެ. އެކި މަސްމަހު ތަފާތުކޮށް ޙައިޟުގެ މުއްދަތު ހުންނަކަމަށް ވަނީނަމަ ލޭ ކެނޑުމުން ކަފަބުރެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ލޭ ކެނޑުނުކަން ޔަޤީން ކުރެވިދާނެއެވެ.

ލޭ ކެނޑިއްޖެކަން ޔަޤީން ވުމުން އިތުރަށް އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ. އަވަހަށް ފެންވަރައިގެން ޙައިޟުގެ ދުވަސްވަރު މަނާވެފައިވާ ކަންތައް ފަށައިގަންނަންވީއެވެ. ހަފްތާ އެއް ފަހުން ނުވަތަ ދެދުވަސްފަހުން ކުޑަ ހިނދުކޮޅަކަށް އައި ލޭ ބެލެވޭނީ އިސްތިޙާޟާ ގެ ލެޔަށެވެ. އިސްތިޙާޟާ ގެ ލޭ އައި ކަމުގައިވީނަމަވެސް ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރެވޭނެއެވެ. އަދި ފިރިމީހާ އާއި އެކު އެއްދާން ވެސް ކުރެވޭނެއެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން