ރޭގަނޑު ކިޔެވުމުން ރޭއަޅުކަމާއި ގެއްލުންދެނިވި އެންމެހާ އެއްޗަކުން ރައްކާތެރިކޮށްދިނުމަށްވާ ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
ރޭގަނޑު ކިޔެވުމުން ރޭއަޅުކަމާއި ގެއްލުންދެނިވި އެންމެހާ އެއްޗަކުން ރައްކާތެރިކޮށްދިނުމަށްވާ ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތް-

އިރުއޮއްސުމަށްފަހު ރޭގަނޑުގައި ކިޔުމަށް އައިސްފައިވާ ޛިކުރުތަކުގެ ތެރޭގައި: ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތްކަމުގައިވާ ﴿آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ މި އާޔަތާއި ޖެހިގެން އިން އާޔަތް ކިޔުން އައިސްފައިވެއެވެ. 

ءَامَنَ الرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ ءَامَنَ بِاللَّهِ وَمَلَـئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴾

لاَ يُكَلّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلَـنَا فَانْصُرْنَا عَلَى الْقَوْمِ الْكَـفِرِينَ-

(ރޭގަނޑުގައި މި ދެ އާޔަތް ކިޔުމަށް އައިސްފައިވާއިރު) އިރުއޮއްސުމުގެ ކުރިން މި ދެ އާޔަތް ކިޔުމެއް ނުވެއެވެ.

ޙަދީޘްގައި އައިސްފައިވެއެވެ.

الْآيَتَانِ مِنْ آخِرِ سُورَةِ الْبَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ

މާނައީ: "ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތަކީ؛ އެ ދެ އާޔަތް ރޭގަނޑެއްގައި ކިޔަވައިފިމީހަކަށް ފުދިގެންވާ ދެ އާޔަތެކެވެ.

އެބަހީ؛ ގެއްލުންދެނިވި އެންމެހާ އެއްޗަކުން ރައްކާތެރިކޮށްދިނުމަށްވާ ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތެވެ. އަދި ރޭއަޅުކަމުގެ (ޘަވާބާއި ދަރުމަ ހޯދުމަށް) ފުދިގެންވާ ދެ އާޔަތްކަމުގައިވެސް ބުނެވިފައިވެއެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތްކަމުގައިވެސް ބުނެވިފައިވެއެވެ.

- ޝައިޚް މުޙައްމަދު ސިނާންގެ ތަރުޖަމާއަކުން

 

ރޭގަނޑު ނިދުމުގެ ކުރިން މި2 އާޔަތް ގިނަ ބައަކު ކިޔަވައެވެ. ދަރިން ނިންދެވުމުގެކުރިން ދަރިންނަށްވެސް ކިޔައިދެއެވެ. ކާބަފައިން އެކަންކޮށް އުޅުނީ މާގިނަ މައުލޫމާތުތަކެއް ލިބިގެނެއްނޫނެވެ. ޝައިޚަކު ވިދާޅުވީއެވެ. މިހާރު މިއޮތީ އެކަމުގެ ފައިދާ އެނގޭށެވެ.  

ކުޑަކުދިންނަށް ރޭއަޅުކަންކުރަން ނުޖެހުނު ނަމަވެސް އެކުދިންނަށްވެސް ރައްކައުތެރިކަން ބޭނުންވެގެންވެއެވެ. ވީއިރު " ގެއްލުންދެނިވި އެންމެހައި އެއްޗަކުން ރައްކާތެރިކޮށްދިނުމަށްވާ ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތްކަމަށްވެފައި އަދި ޝައިޠާނާގެ ކިބައިން ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތްކަމުގައިވެސް" ބުނެވިފައިވުމުން ރޭގަނޑު ނިދުމުގެ ކުރިން މި 2 ޢާޔަތް ކިޔެވުމުގެ މުހިންމުކަން އެނގިގެންދެއެވެ.

 

 

މިއަދު އޮންލައިން