ޝަޢްބާން މަސް ދެބައިވީ- ޛިކުރާ މިސްކިތް ހުރި ތަނުގަ ވަގުތީ މިސްކިތެއް އެޅުމާއިމެދު އަދިވެސް ގޮތެއް ނިމުނުކަމެއް ނޭނގެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޝަޢްބާން މަސް ދެބައިވީ- ޛިކުރާ މިސްކިތް ހުރި ތަނުގަ ވަގުތީ މިސްކިތެއް އެޅުމާއިމެދު އަދިވެސް ގޮތެއް ނިމުނުކަމެއް ނޭނގެ!

ޛިކުރާ މިސްކިތް ހުރިތަނުގައި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ މިސްކިތެއް އެޅޭނެ ގޮތެއް ހަމަޖެހޭތޯ ކުރަމުން ގެންދާ މަސައްކަތްތަކަށް މިއަދުވެސް ވަނީ ޖަވާބެއް ނުލިބިފައެވެ. ޖަވާބު ހޯދަން ދިއަ މީހުންނަށް އެންގިކަމަށްވަނީ "މިއަދަކީ މަސައްކަތް ބުރަދުވަހަކަށްވާތީ މާދަމާ އައުމަށެވެ."

އެފަރާތުން އިސްލާމިކް މިނިސްޓްރީއަށް ވަނީ ދެ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެއީ 1100 އަށްވުރެ ގިނަ މީހުންސޮޔާއިއެކު އެތަނުގައި ވަގުތީ މިސްކިތެއް އަޅައިދިނުމަށް ހުށަހެޅި ޕެޓިޝަނާއި އަދި އެކަން ކޮށްދެވެން އިސްލާމިކް މިނިސްޓްރީއަށް ނެތްނަމަ އަމިއްލަ ގޮތުން އެތަނުގައި ވަގުތީ މިސްކިތެއް އެޅުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމެވެ.

މިކަމަށް ކުރިމަތިލައިގެން މަސައްކަތްކުރަމުން ގެންދާ ފަރާތުން ބުނީ އިސްލާމިކް މިނިސްޓްރީއަށް މިއަދުވެސް ދިއައީ ޝަޢްބާން މަސް ދެބައިވެފައިވުމާއިއެކު ވީހައި އަވަހަކަށް ޖަވާބެއް ބޭނުންވެގެން ކޮންމެ ދުވަހަކުވެސް ގިނަ ބައަކު ގުޅައި އަދި ބައްދަލުކުރާތީ ކަމަށެވެ

މިއަދު އޮންލައިން