ޙަޤީޤަތަކީ އެންމެ ބަލި ނުފެތުރޭތަނަކީ މިސްކިތްތައްކަމެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ ޑޮކްޓަރުން އެކަމަށް އެއްބަސްވެއެވެ. އެހެންކަމާއިއެކުގައިވެސް އެންމެ ހަރުކަށި ފިޔަވަޅު އަދިވެސް އަޅާފައި މިވަނީ މިސްކިތްތަކަށެވެ.
ޕާކްތައް ޢާންމުކޮށް ހުޅުވުނީއެވެ. ހުރިހާ ގްރޭޑްތަކަށް ކިޔެވުން ފެށުނީއެވެ. ރޭގަނޑުވެސް މަގުތައް ފުރި ތޮއްޖެހުނީއެވެ. ނަމަވެސް މިސްކިތުގެ އިސްކުރުބަރިން ވުޟޫ ކުރުމަކީ މާނުރައްކައުތެރިކަމެކޯލައެވެ. މުސައްލައެއް ނުލައި މިސްކިތަށް އެރުމުން ބައެއް މުދިމުން އެއްޗެތި ގޮވަނީއެވެ.
އެޗްޕީއޭ އިން ބޭނުންވާ ގޮތަށް ސަފުހަދައިގެން ނަމާދުކުރީމާ ޤިޔާމަތްދުވަހު ވާނެގޮތަކަށް ބިރުން ގިނަ ބައަކު އާސަހަރާ މިސްކިތަށް ކަށުނަމާދަށް ދިއުން ވެސް ހުއްޓާލައިފިއެވެ.
"ޝަރުޢީ ހަމަތަކާ ޚިލާފު ނިންމުމެއް ނިންމުމަށް ފަހު، އެކަން ހާމަވެ ކަޝްފުވުމުން ވެސް އެނިންމުމުގެ މަތީގައި ދެމިތިބުމުގެ ނުބައިކަމާއެވެ. އަދި ޙައްޤުބަސް ބުނެ ހެޔޮ ނަޞޭޙަތް ދޭ ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ދެރަކަމާއެވެ. ޙައްޤު މަތިވާނެއެވެ. އޭގެ މައްޗަށް އެހެންކަމެއް މަތިނުވާނެއެވެ.": ޝައިޚް އިލްޔާސް ޖަމާލް
ޝައިޚްގެ ބަސްފުޅާއިއެކު ޓްވީޓް ކުރައްވާފައިވަނީ ޢުމަރުގެފާނުގެ ބަސްފުޅެކެވެ. "ބާޠިލްގެ މަތީގައި ދެމިތިބުމަށްވުރެ ޙައްޤަށް ރުޖޫޢަވުން މާހެޔޮކަންބޮޑެވެ."
"ކޮވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލި އިރުވެސް މިސްކިތްތަކާއި މެދު އަޅާފައިވާ ޣައިރު ޝަރްޢީ ފިޔަވަޅު އުވާނުލާ ކަމީ ހިތާމަ ހުރި ކަމެއް.": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
"މިހިރަ މިހިރަ (ލުއިދެމުންދާ) ކަންކަމަށް ބައްލަވައި މިސްކިތްތަކުގެ ސަފުތަކަށް ރަޙުމް ކުރަން ވިސްނަން ވެއްޖެ" ޝައިޚް ޒަމްޒަމް
ޝަރުޢީ ހަމަތަކާ ޚިލާފު ނިންމުމެއް ނިންމުމަށް ފަހު، އެކަން ހާމަވެ ކަޝްފުވުމުން ވެސް އެނިންމުމުގެ މަތީގައި ދެމިތިބުމުގެ ނުބައިކަމާއެވެ. އަދި ޙައްޤުބަސް ބުނެ ހެޔޮ ނަޞޭޙަތް ދޭ ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ދެރަކަމާއެވެ.
— إلياس جمال الوادوي (@IVaadhuvee) March 25, 2021
ޙައްޤު މަތިވާނެއެވެ. އޭގެ މައްޗަށް އެހެންކަމެއް މަތިނުވާނެއެވެ. pic.twitter.com/MOzcGZLoLx