އަންނަ ޑިސެމްބަރު މަހު ފަރަންސޭސިވިލާތުގައި ބާއްވާ ދުނިޔޭގެ މޫސުމާއިބެހޭ ބޮޑު މަހާސިންތާއަށް އަދިވެސް އެމެރިކާގެ ރައީސް ޓްރަމްޕަށް ދައުވަތެއް ނުދެއެވެ. ދޭނެ ކަމެއްވެސް ނުއެނގެއެވެ.
މިފަދަ މައްސަލަތަކެއް ކުރިމަތިވެގެން މިދިއައީ 2015 ވަނަ އަަހަރުގެ ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ޓްރަމްޕް ނިންމުމުން ކަމަށް ބެލެވެއެވެ.
މިއަހަރުގެ ޑިސެމްބަރު 12 ގައި ބައްދަލުވުމުގެ 100 ވަރަކަށް ޤައުމުގެ އިސްވެރިންނާއި 800 ވަރަކަށް ޖަމިއްޔާތަކުން ބައިވެރިވާނެއެވެ.
ޓްރަމްޕް ގެންދަނީ ގިނަ ކަންތައްތަކެއްގައި ދުނިޔެއަށް ގޮންޖަހައި އެމެރިކާގެ ބާރުދައްކަމުންނެވެ.