ފަލަސްޠީނުގެޠީނުގެ މުސްލިމުން މަސްޖިދުލްއަޤްޞާ ސަރަހައްދު ފުޜާލައި ޢީދުނަމާދުކޮށް ދައްކައިދިނީ ބިރުވެތިވަނީ ﷲ އަށް އެކަނިކަން!

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ފަލަސްޠީނުގެޠީނުގެ މުސްލިމުން މަސްޖިދުލްއަޤްޞާ ސަރަހައްދު ފުޜާލައި ޢީދުނަމާދުކޮށް ދައްކައިދިނީ ބިރުވެތިވަނީ ﷲ އަށް އެކަނިކަން!

ފަލަސްޠީނުގެޠީނުގެ މުސްލިމުން މަސްޖިދުލްއަޤްޞާ ސަރަހައްދު ފުޜާލައި ޢީދުނަމާދުކޮށް  ދައްކައިދިނީ ބިރުވެތިވަނީ ﷲ އަށް އެކަނިކަމެވެ. އެމީހުންގެ ފުރާނައަށް ޖެހިލުންނުވާ ކަމެވެ.  

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ނުއެނގެނީ މަރުވާނެ ވަޤުތެކެވެ. މަރުވުމަކީ ނިމުމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ދާއިމީ ރަޙުމަތުގެ ފެށުމެވެ. މަރުވުމަށްފަހު ދެއްވަވާ ނިޢުމަތްތައް އުނިވުމެއް ނެތެވެ. އެނިޢުމަތްތައް ފެށިގެންދަނީ މަރުވުމުންނެވެ. ކައްވަޅުންނެވެ. ޤިޔާމަތް ދުވަހަކީ އެންމެމަތީ ނިޢުމަތްތައް ދެއްވަވާނެ ދުވަހެވެ.  

މުސްލިމް ޤައުމުތަކަށް ބަލައިފިނަމަ އޮތް އެންމެ ބޮޑު ހިތާމައަކީ ނަމާދުކުރަން ފަސްޖެހެވޭ ކަމެވެ. މުސްލިމުންނަކީ ނަމާދަށް ފަސްޖެހިގެންވާނެ ބައެއް ނޫނެވެ. އޮތީ ބަރާބަރަށް ކުރަމުން ގެންދިއުމެވެ. 

ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިއުޅެންޖެހިފައިވަނީ އެންމެ ބޮޑު ބިރުވެރިކަމުގެ ތެރޭގައެވެ. އެހެންކަމާއިއެކުވެސް މުޅި އުންމަތަށް ދައްކައިދެމުން ގެންދަނީ އެންމީހުންގެ އީމާންކަމުގެ ޘާބިތުކަމެވެ. ކިތަންމެ ގިނަ ބައަކު ޝަހީދުކޮށް ބިންތައް ފޭރި ގެދޮރު ސުންނާފަތިކުރިޔަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބޭނެ ކަމެވެ. މިއީ މުޅި އުންމަތަށް އަގުހުރި ފިލާވަޅެކެވެ.

މިއަދު އޮންލައިން