ވެރިކަމުން ވަކިކުރުމުގެ ބާރު ސްޕޭނުގެ ސަރުކާރަށް ލިބިފައި ނުވާކަމަށް ކެތޮލޭނިއާގެ ރައީސް ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވެރިކަމުން ވަކިކުރުމުގެ ބާރު ސްޕޭނުގެ ސަރުކާރަށް ލިބިފައި ނުވާކަމަށް ކެތޮލޭނިއާގެ ރައީސް ބުނެފި
ކެތޮލޭނިއާގެ ވެރިކަމުން ވަކިކުރުމުގެ ބާރު ސްޕޭނުގެ ސަރުކާރަށް ލިބިފައި ނުވާކަމަށް ކެތޮލޭނިއާގެ ރައީސް ކަމުން ހުކުރު ދުވަހު ވަކިކުރި ކާލެސް ބުނެފިއެވެ.

ރެކޯޑްކޮށް ފޮނުވި މެސެޖެއްގައި ކާލެސް ބުނީ އޭނާ ވެރިކަމުން ވަކިކުރެވޭނީ ޕާލަމެންޓަށް ކަމަށެވެ. އެއީ ސްޕޭނުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސްޕޭއިންގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ކެތޮލޭނިއާގެ ޕާލަމެންޓް އުވާލިކަންވެސް އިއުލާނުކޮށްފައެވެ.

ކާރލެސް ބުނީ ސްޕޭނުގެ ސަރުކާރުން ކޮންމެ ކަމެއް ކުރި ނަމަވެސް ކެތޮލޭނިއާގެ މިނިވަންކަމަށް ކުރަމުން ގެންދާ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ކެތޮލޭނިއާގެ ރައްޔިތުން ބޭނުންވަނީ މިނިވަން ދައުލަތެއް ކަމަށާއި ކެތޮލޭނިއާ އޮންނަންޖެހޭނީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

ކެތޮލޭނިއާއިން ވަނީ ހުކުރު ދުވަހު މިނިވަންކަން އިއުލާނުކޮށްފައެވެ. ނަމަވެސް އަދި މިހައިތަނަށް އެއްވެސް ޤައުމަކުން ކެތޮލޭނިއާގެ މިނިވަންކަން ޤަބޫލުކޮށްފައެއް ނުވެއެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި އެހެންވެސް ބައެއް ޤައުމުތަކުން ބުނެފައިވަނީ ކެތޮލޭނިއާގެ މިނިވަންކަން ޤަބޫލުނުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން