ހިންދޫންގެ ދީނީ އަޅުކަމަކަށްފަހު ފަސިންޖަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް މަގުން ކައްސާލައި ކޯރެއްގެ ތެރެއަށް ވެއްޓި 31 މީހުން މަރުވެއްޖެއެވެ. 16 މީހަކު ވަނީ އަނިޔާތަކާއިއެކު ސަލާމަތްވެފައެވެ.
ފުލުހުންނަށް ބަސް ހޯދުނީ ކޯރަށް ވެއްޓުނުތާ އެތައް ގަޑިއިރުފަހުން ޑައިވަރުން ބޭނުންކޮށްގެން ކުރި މަސައްކަތުންނެވެ. ކްރޭނެއްގެ އެހީގައި ބަސް ކޯރުން ނެގިއިރުވެސް 13 މީހަކު ތިބީ ބަހުގެ ތެރޭގައި ތާށިވެ ނުނުކުމެވިފައެވެ.
ބަހަށް ދިމާވާ އެކްސިޑެންޓްތަކުގައި ނޭޕާލުގައި އަހަރަކު 1800 ވަރަކަށް މީހުން މަރުވެއެވެ.