2 އަންހެން ކުއްދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ގުރޫ 20 އަހަރަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
2 އަންހެން ކުއްދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ގުރޫ 20 އަހަރަށް ޖަލަށް!
2 އަންހެންކުއްޖަކާ ގަދަ ކަމުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށް މިދިއަ ހަފްތާގައި ސާބިތުވެފައިވާ އިންޑިއާގެ މަޝްހޫރު ގުރޫ ގުރުމީތް ރާމް ރަހިމް 20 އަހަރަށް ޖުލުމަށް މިއަދު ޙުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ މަގުތަކުގައި އަލިފާން ރޯކޮށް ހަމަޖެހުން ހިންގައިފައެވެ. އެކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ކަރފިޔުވެސް ހިންގައިފައެވެ.

ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ޖިނާޢީ ކުށެއް ކުރިކަން ސާބިތުވުމުން އަދަބު ދިނުމުގައި އެއްވެސް މީހަކާއިމެދު ތަފާތު ނުކުރެވޭނެ ކަމަށާއި 20 އަހަރު ކަނޑައެޅީ ގަދަކަމުން ޖިންސީ ގުޅުން 2 ކުދިންނާއި ހިންގާފައިވުމުން ކޮންމެ މައްސަލައަކަށް 10 އަހަރު މަގުން ކަމަށެވެ.

އޭނާގެ މައްޗަށް މިއަދު ޙުކުމް އިއްވާފައިވަނީ 2002 ވަނަ އަހަރު އޭނާކޮށްފައިވާ ކުށަށެވެ.
މިއަދު އޮންލައިން