"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ކާމިޔާބީ ފާހަގަކުރިތާ 3 ދުވަހު އެޗްޕީއޭއަށް އިއުލާނުކުރަންޖެހުނީ ކާފިޔު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ކާމިޔާބީ ފާހަގަކުރިތާ 3 ދުވަހު އެޗްޕީއޭއަށް އިއުލާނުކުރަންޖެހުނީ ކާފިޔު!

 ރާއްޖޭގައި "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށްބުނެ ކޮވިޑަށް މުށްކަވައި ހިންގަން ފެށި ކަންކަން ވަރަށް ކާމިޔާބުކަމަށްބުނެ އެކަން ފާހަގަކުރިތާ 3 ވަނަ ދުވަހު ފެނިގެން މިދިއައީ އެޗްޕީއޭއިން އަލުން ކާފިޔު ހިންގައި އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅިތަނެވެ.

މީގެ ކުޑަ ދުވަސްކޮޅެއްކުރިން ބަލިޖެހުނު މީހުންގެ ޢަދަދު ދުވާލަކު 10، 20 ގައި ހުރެފައި އިއްޔެ ބަލިޖެހުނު މީހުންގެޢަދަދު ވަނީ 145 އަށް އަރައިފައެވެ. އެއްވެސް އިންސާނަކަށް މާތް ﷲ ދެއްވަވާފައިނުވާ ބާރެއް ތިމާއަށް ލިބިފައިވާކަމަށްބުނެ އިސްލާމް ދީނާއި ދުރަށް މީސްތަކުންގެ ފިކުރު ލެންބުވޭގޮތަށް ހިންގާ ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭކަން ސާބިތުވުމަށް މިއަށްވުރެ ބޮޑު ހެއްކެއް ފެންނާނެބާވައެވެ!

އެފަދަ ޙަރަކާތްތައް ހިންގުން ހުއްޓާލާފައި މިސްކިތުގެ ޖަމާޢަތުގައި ކިޔާ ޤުނޫޠުގައި ބައިވެރިވެ އުފުލުމުން ލިބޭނެ ފައިދާ މާބޮޑުވާނެކަން އެއީ ކޮންމެ މުސްލިމަކަށް އަބަދުވެސް ޔަޤީންކަމެކެވެ.

މިއަދު އޮންލައިން