ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވެގެން ދިއުމަށްފަހު ދުވާލަކު 10 އަކަސްމަދުވިއެވެ. އަނެއްކާވެސް އިތުރުވާން ފަށައި ދުވާލަކު 50 އަށްވުރެ މަތީގައި ހަފްތާއަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު 100 އިން މަތީގައި ހުންނަތާ 3،4 ދުވަސްވީއެވެ.
"ކޮވިޑް ހުއްޓުވާ މީހާ"އަށް ކުރެވުނީ ކޮންކެމެއް ނުއެނގެއެވެ.
އިންސާނުންނަށް ކަންކަން ހުއްޓުވުމަށް ކުޅަދާނަކަން ދެއްވަވާފައިވަނީ ވަކި މިންވަރަކަށެވެ! ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވަވާ ބަލިމަޑުކަން ހުއްޓުވުމާއި ނައްތައިލުމުގެ ކުޅަދާނަކަން ދެއްވަވާފައެއް ނުވެއެވެ.
އެބައްޔަކަށް ޝިފާ ނުލައްވަވައި އެއްވެސް ބައްޔެއް ދުނިޔެއަކަށް ނުފޮނުއްވަވައެވެ. ވީމާ ޝިފާ ހޯދަން މަސައްކަތްކުރުމުން އެކަމަސް މަގުފަހިކުރައްވަވައި ދެއްވަވަތެވެ. ނަމަވެސް އެކަމުގެ ކުލަދާނަކަމެއް ނުދެއްވަވަތެވެ. އެކަން އެނގި ޔަޤީންވަނީ ވެކްސިން އީޖާދުކުރެވި ޝިފާ ލިބިގަނެވުމުގެ ޢިލްމް އިންސާނުންނަށް ދެއްވެވި ނަމަވެސް، އެ ވެކްސިން ކާމިޔާބުވިނަމަވެސް ބަލި ނެތިގެންދިއުމަށްފަހު ހަމައެބަލި ފެތުރޭތީއެވެ. އެކަމުން އެނގެނީ އެއްވެސް ބައްޔެއް ނައްތައިލުމުގެ ނުވަތަ ހުއްޓުވުމުގެ ބާރު ﷲ ތަޢާލާ އެއްވެސް އިންސާނަކަށް ދެއްވަވާފައިނުވާކަމަށެވެ!
އެފަދަ ބާރު ލިބިގެންވާކަން ދައްކަން މަސައްކަތްކުރުމަކީ މީސްތަކުން ﷲ ތަޢާލާ ޢާއި ދުރަށް ޖައްސުވަން، އިސްލާމް ދީނާއި ދުރަށް ޖައްސުވަން ހިންގާ ހަރަކާތަކަށް ނޫނީ ނުވާނެއެވެ!
ރާއްޖޭގައި ކޮރޯނާ ފެތުރެން ފެށުމުން މިސްކިތުގެ ޖަމާޢަތުގައި ޤުނޫތުކިޔަން ފެށިއެވެ. މިހާރުވަނީ ޤުނޫޠުކިޔުން ޜޭގަނޑުގެ 3 ނަމާދަށް މަދުކޮށް ދުވާލުގެ 2 ނަމާދުގައި (މުންދުރު ނަމާދާއި ޢަޞްރުނަމާދުގައި) ކިޔުން މަޑުޖައްސާލައިފައެވެ.
ކޮންމެ ބަލިމަޑުކަމަކުންވެސް ސަލާމަތްވެވޭނީ ﷲ ތަޢާލާ އެކަމަކުން ސަލާމަތްކޮށްދެއްވެވުމުންނެވެ. އެކަމުގެ ބާރު އެއްވެސް އިންސާނަކަށް ދެއްވަވާފައެއް ނުވެއެވެ. މީސްތަކުންނަށް އޮތީ އެކަމަށް އެދި ދުޢާކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމެވެ!
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޑޮކްޓަރުން ދޭ ބޭސް ބޭނުންކުރުމުންވެސް ބަލި ފަސޭހަވާނީ ﷲ ތައާލާ ޝިފާދެއްވެވުމުންނެވެ! މީހަކަށް ޝިފާ ދިނުމުގެ ބާރު އެއްވެސް ޑޮކްޓަރަކަށްވެސް ލިބިގެނެއް ނުވެއެވެ. އެކަމުގެ ދަލީލަކީ ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން ބޭސްފަރުވާ ކުރަމުންދަނިކޮށްވެސް ބޮޑުވަރުވެ މަރުވެސްވާކަމެވެ.