ޖަންނަތުލްފިރުދައުސް ހޯދަން މަސައްކަތްކުރުން ފަސްކުރާ މީހަކަށް ގާތީ ނުލިބުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޖަންނަތުލްފިރުދައުސް ހޯދަން މަސައްކަތްކުރުން ފަސްކުރާ މީހަކަށް ގާތީ ނުލިބުން!: މުފްތީ މެންކް

އާމްދަނީ ލިބެން ފެށުމާއިއެކު އެންމެންނަށްވެސް ސަމާލުކަން ދެވެނީ ދުނިޔޭގެ ދިރިއުޅުމަށެވެ. ރަނގަޅު ސަރަހައްދަކުން ރަނގަޅު ގެއަކަށާއި އުފާވެރިކަމާއިއެކު ޙަޔާތުގެ ދުވަސްތައް ހޭދަކުރެވޭނެ ތަނަވަސްކަމަށެވެ. ޢުމުރުން ދުވަސްވުމުން ވެސް އުފަލުގައި ދިރިއުޅެވޭނެ ވަރަށް ފައިސާ ޖަމާކުރުމަށެވެ. 

ހިތާމައަކީ މަދު މީހަކު ނޫނީ ޖަންނަތުލްފިރްދައުސް ލިބިގަންނަން މަސައްކަތްނުފަށާކަމެވެ. ފަރުޟު 5 ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވޭކަމެވެ. ސުންނަތް އަޅުކަން ކުރަން ހަނދާންވެސް ނުކުރެވޭ ކަމެވެ. އެކަންކަން ކުރުން ފަހަށް ބާއްވައިލެވޭ ކަމެވެ. 

މިއީ އެންމެ ދެރަ ކަންތަކެވެ. ދުނިޔޭގެ ދިރިއުޅުން ކުރިއެރުން ހޯދަންކުރާ މަސައްކަތަށްވުރެ އަޅުކަމަށްދޭ ސަމާލުކަން އިތުރުނުކޮށް ސުވަރުގެ ނުލިބޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ. އެކަމަށް މަސައްކަތްފަށަންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޒުވާން އުމުރުގައެވެ. 

ފަރުޟު ނަމާދުތަކަށް ، ވަކިން ޚާއްޞަކޮށް ފަތިސް ނަމާދަށް ސަމާލުކަން ނުދީ ދުނިޔޭގެ ދިރިއުޅުންވެސް ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ފައިސާ ހޯދަން ކުރާ މަސައްކަތުގެ ފުރަތަމަ ބައަކީ ﷲ ތަޢާލާ އަންގަވާފައިވާ އަޅުކަންކުރުން ކަމުގައި ހަދާށެވެ! 

ޔަޤީންކުރަންވީ ކަމަކީ ނަމާދުތައް ފުރިހަމައަށް އަދާކުރަމުން ގެންދާ މީހާގެ ކުރިއެރުން ނުހުއްޓުވޭނެ ކަމެވެ. އެމީހާއަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެކަމެވެ. ރަޙްމަތުގެ ދޮރުކޮޅުތައް އެމީހަކަށްޓަކައި ﷲ ތަޢާލާ ހުޅުއްވަވައި ދެއްވެވުމުން ބަންދުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެކަމެވެ! 

އަދި ކީއްހެޔެވެ؟ ދުނިޔެއިން ތިއަ އެދޭ ކަންކަން ޙާޞިލުވުން އޮތީވެސް އެއިރުންކަން ޔަޤީންކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހާއަށް ދެދުނިޔެވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

ޖަންނަތުލްފިރުދައުސް ހޯދަން މަސައްކަތްކުރުން ފަސްކުރާ މީހަކަށް ގާތީ ނުލިބުމެވެ. އެހެން މިބުނަނީ ފަހުން އަޅުކަންކުރަން ފަށަން މަޑުކުރާ މީހުންނަށް ނުފެށި އުޅެނިކޮށް މަރާއި ބައްދަލުކުރަންޖެހޭކަން ފެންނަމުންދާވަރު ގިނަކަމުންނެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން