މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 55 މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 55 މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 55 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 65 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2882 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13،731 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،830 އަށް އަރައިފައެވެ. މި ބައްޔަށް 1042 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 69 މީހުންނަށެވެ.

މި ބަލީގައި 50 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން