ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި

ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި 62 އަހަރުގެ ދިވެހި ފިރިހެނަކު، ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން (ދިރުވާލައިގެން) އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި އެ މީހާގެ ހަށިގަނޑުތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި 19 ބުލެޓް ވަނީ ފެނިފައެވެ. އޭނާގެ އަތުން އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 167.3 ގްރާމްގެ ސިންތެޓިކް ކެތިނޯން އަދި 117.6 ގްރާމްގެ ކޮކެއިންއެވެ. މިއާއެކު، އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 284.9 ގްރާމް ހުރި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ މައި އެއާޕޯޓުގެ އިތުރުން ރީޖަނަލް އެއާޕޯޓުތަކުގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ފާރަވެރިކަން ވަރުގަދަކުރަމުންނެވެ.

ހަށިގަނޑުތެރޭގައި ފޮރުވައިގެން ފަދަ ނުރައްކާތެރި އުކުޅުތައް ބޭނުންކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ފަރާތްތައް ދެނެގަނެ، އަތުލައިގަނެވޭ މިންވަރު މިހާރު އިތުރުވެފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން