ކޮވިޑް ޖެހިގެން ފަންސާސް ވަނަ މީހާ ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ކޮވިޑް ޖެހިގެން ފަންސާސް ވަނަ މީހާ ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އައިޖީއެމްއެޗް އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށާއި މިއީ މިބަލީގައި ރާއްޖެއިން މަރުވި 50 ވަނަ މީހާކަމަށެވެ.

މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13،639 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،712 އަށް އަރައިފައެވެ. މި ބައްޔަށް 1017 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 79 މީހުންނަށެވެ.

މިއަދު އޮންލައިން