މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ހަތްދިހަ ނުވަމީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ހަތްދިހަ ނުވަމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 79 މީހުން ޕޮޒިޓިވްވެއްޖެއެވެ. ަ

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 51 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3،428 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13،639 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،712 އަށް އަރައިފައެވެ. މި ބައްޔަށް 1017 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 79 މީހުންނަށެވެ.

މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން