ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 7ސ
ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަން އާއި ދެމެދު ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ. މި ފަހުމުނާމާ ގައި އަތަމާ ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރެއްވީ  އަތަމާ ފައިންޑޭޝަންގެ ފައުންޑަރ އަދި  ވައިސް ޗެއަރޕަރސަން އަލީ އަޙްރުޝް އިބްރާހިމް އެވެ. ވިލާ ކޮލެޖެގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

އަތަމާ ފައުންޑޭޝަންއިން ބުނެފައިވަނީ ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ މިއަދު ދިވެހިރާއްޖޭގެ ތަރައްޤީ އެ ސިނާއަތަކަށް ވަރަށްބޮޑަށް ބަރޯސާވާ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިއްމުކަމެއް ގޮތުގައި ދެކޭ ކަމަށެވެ. ސްކޫލް ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޖެހިލުންވުން ނުވަތަ މަސައްކަތް ކުރުމަށް ބޭނުންނުވާ ސަބަބުތައް ދެނެގަތުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ، ދާއިރާއާއި ގުޅޭ ތަމްރީނު ނެތި މިފަދަ ކުދީން މަސައްކަތުގެ މާހައުލަށް ނުކުންނަން ޖެހުމަކީ އަވަހަށް ވަޒީފާ ދޫކޮށްލާފައި ދިއުމުގެ މައިގަނޑު އެއްސަބަބު ކަމުގައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި އަތަމާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، އަތަމާ ފައުންޑޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްތަކެކެވެ.

އަތަމާ ފައުންޑޭޝަނުން މި ޕްރްގްރާމްތައް ހިންގުމަށް ވިލާކޮލެޖު އިޚްތިޔާރުކުރީ، ވިލާކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މިފަދަ ކަންކަން ހިންގުމުގައި އެންމެ ގާބިލު ކޮލެޖުކަމަށް  ޤަބޫލުކުރެވޭތީކަމަށް އަތަމާ ފައުންޑޭޝަންއިން ވަނީ ފާހަގަ ކުރައްވާފައެވެ.

އަތަމާ ފައުންޑޭޝަނުން ވިލާކޮލެޖާއެކު މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ" ޕްރޮގްރާމް ދިވެހި ޒުވާނުންގެ ތެރެއިން މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. 4 މަސްދުވަހުގެ މުއްދަތަށް ހިންގޭ މި ކޯހުގެ ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ކުރިއަށް ގެންދެވޭނީ ރިސޯޓުގައެވެ. ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތްތައް ވިލާކޮލެޖުން ވިލަރެސް ކުރާގޮތަށް ހަމަޖެހިފައިވާ މިޕްރޮގްރާމް އެންމެހާ ޚަރަދުތައް ކުރާގޮތަށް ހަމަޖެހިފާއިވަނީ އަތަމާ ފައުންޑޭޝަނުންނެވެ. މިގޮތުން ފަށާ ފުރަތަމަ ބެޗަށް ނެގުމަށް ހަމަޖެހިފަނީ 20 ދަރިވަރުންނެވެ.

މިއަދު އޮންލައިން