ނުބައި އެންމެހައި ކަންކަމުންނާ ނުބައިކަންކަމަށް ޝައުޤުވެރިވުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނުބައި އެންމެހައި ކަންކަމުންނާ ނުބައިކަންކަމަށް ޝައުޤުވެރިވުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

އަހަރެމެންކޮންމެ މީހަކީ ވެސް މުންކަރާތްތަކަށް އަރައިގަނެވޭ މީހެކެވެ. އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްކަމަށް އެދިގެން ދުޢާކުރަންވާނެއެވެ. އެފަދަ ކަންކަމަށް އަރައިގަނެވެނީ ހިތުގައި ޝައުޤުވެރިކަން އުފެދޭތީއެވެ. ވީމާ ޝައުޤުވެރިކަން އުފެދުމުން ހިތް ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ! 

އިންސާނާއަށް މުހިންމީ ރިވެތި އަޚްލާޤެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ އެންމެ ގިނަބައަކަށް ލިބިގެންދާނެ އެއް ޢަމަލަކީ ރިވެތި އަޚްލާޤެވެ. ވީމާ މި 3 ކަންތަކަށް އެދިގެން މިދުޢާކުރާށެވެ. 

ނުބައި އަޚްލާޤާއި ނުބައި ޢަމަލުތަކާއި ނުބައިކަންކަން ކުރަން ބޭނުންވުމުން (އެފަދަ ކަންކަމަށް ޝައުޤުވެރިވުމުން) ސަލާމަތް ކުރައްވަވައިދެއްވެވުން އެދި މިފަދައިން ދުޢާ ކުރާށެވެ!

اَللّٰهُمَّ إِنِّیْ أَعُوْذُبِکَ مِنْ مُنْکَرَاتِ الْأخلاَ قِ، وَالْأعْمَالِ، وَالْأھْوَاءِ

މިއަދު އޮންލައިން