ބޭބީ ނާސަރީ އާއި ނާސަރީގެ ކިޔެވުން ވެސް އަންނަ އާދީއްތަދުވަހު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަނުން ބުނެފައިވަނީ ދިރާސީ އަހަރުގެ ދެވަނަ ޓާރމް ކިޔެވުން އާދިއްތަ ދުވަހު ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔަވަދޭން ފަށާނެކަމަށެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި އޮތީ މާލޭގައި އެލްކޭޖީން ފެށިގެން މަތީގެ ގްރޭޑްތަކަށް ކިޔަވާދިނުމަށެވެ. ނަމަވެސް އެމިނިސްޓްރީން ބުނެފައިވަނީ ދެވަނަ ޓާރމް ކިޔެވުން އާދިއްތަ ދުވަހު ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔަވަދޭން ފަށާނެކަމަށެވެ.
ދެވަނަ ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ.