ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ‍‍- ގައިޑްލައިންތަކަށް ސަމާލުވާންޖެހޭ: ޑރ.ނަޒްލާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 55ސ
ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ‍‍- ގައިޑްލައިންތަކަށް ސަމާލުވާންޖެހޭ: ޑރ.ނަޒްލާ

ކޮވިޑް-19 ގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިހެން ވިދާލުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނަޒްލާ ވިދާޅުވީ މި ވޭރިއަންޓް ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވާސިލުވާކަމަށާއި އެހެން ކަމަުން  ގައިޑްލައިންތަކަށް ސަމާލުވާންޖެހޭކަމަށެވެ.

އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއެންޓް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު ދަނީ ފެތުރެމުންނެވެ. އަވައްޓެރި އިންޑިއާއިން މި ވޭރިއެންޓު އިއްޔެ ފެނުނުއިރު، މިއަދު ވަނީ އެމެރިކާއިން ފެނިފަ އެވެ. އޭގެ އިތުރުން ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ދެކުނު އެފްރިކާ، ޖަޕާނު އަދި ކެނެޑާ ފަދަ ގައުމުތަކުން ވެސް ވަނީ ފެނިފައެވެ. 

މި ވޭރިއަންޓުގެ ސަބަބުން އިތުރަށް މީހުން ސީރިއަސް ނުވިނަމަވެސް ކޮވިޑް ޖެހޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ނިސްބަތަށް މި ވޭރިއަންޓް ސަބަބުން އަސަރުކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދު އޮންލައިން