އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 31 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 16 މީހުންނެވެ.
މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2544 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13,109 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,691 އަށް އަރައިފައެވެ. މި ބައްޔަށް 527 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 29 މީހުންނަށެވެ.
މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.