މާލޭގައި އޮތް ކައިވެނީގެ ޕާޓީއަކަށް ދިޔަ 35 މީހުން ކޮވިޑަށް ޕޮސިޓިވުމުން އެޕާޓީއަށް ދިޔަ އެންމެން ކަރަންޓީނުކޮށްފިއެވެ.
މިކަމާގުޅިގެން އެޗްޕީއޭއިން އިން ބުނެފައިވަނީ މިހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮސިޓިވްވުމުން އެ ހަލްފާއަށް ދިޔަ އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގްގައި ބޭއްވި ކައިވެނީގެ ހަފްލާގައި 120 މީހުން ބައިވެފައިވާއިރު މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެޗްޕީއޭއިން އިން ވަނީ ބުނެފައެވެ.
އަދި މިހަފްލާއަށްދިޔަ ފަރާތްތަކުން 1676 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށާއި އެޗްޕީއޭއިން ނުގުޅިޔަސް އަމިއްލައަށް ގޭގައި އެކަހެރިވެ ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މިގެއިތުރުން އެޗްޕީއޭއިން ބުނެފައިވަނީ މިފަދަ ހަފްލާތައް ބާއްވާއިރު އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.