އިތުރު ތިރީސްފަސް މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އިތުރު ތިރީސްފަސް މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 35 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 25 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2,122 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 13,050 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,618 އަށް އަރައިފައެވެ. މި ބައްޔަށް 512 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 39 މީހުންނަށެވެ.

މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން