ޤިޔާމަތްދުވަހު ސުވަރުގޭގެ ސުންދުސާއި އިސްތަބްރަޤްގެ ފޭރާމުން ﷲ ފޭރާން ލައްވަވާނެ މީހަކު ކަމުގައިވެ ސާޅީސް އަހަރުގެ ފާފަ ފުހެވެން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޤިޔާމަތްދުވަހު ސުވަރުގޭގެ ސުންދުސާއި އިސްތަބްރަޤްގެ ފޭރާމުން ﷲ ފޭރާން ލައްވަވާނެ މީހަކު ކަމުގައިވެ ސާޅީސް އަހަރުގެ ފާފަ ފުހެވެން ބޭނުންހެއްޔެވެ؟

"މުސްލިމަކު ކަފުންކުރުމަށް ކަފުނެއްދީފި މީހަކަށް ޤިޔާމަތްދުވަހު ސުވަރުގޭގެ ސުންދުސާއި އިސްތަބްރަޤްގެ ފޭރާމުން ﷲ އެމީހާ ފޭރާން ލައްވަވާނެ!" (އަލްމުސްތަޛްރަކް: 1307)

"މުސްލިމަކަށްޓަކައި ކައްވަޅެއް ކޮނެ ވަޅުލައިފި މީހަކަށް ޤިޔާމަތާއި ހަމައަށް އެމައްޔިތާ ދިރިއުޅޭނެ ގެއެއް ވަޤުފްކުރި މީހަކަށް ދެއްވަވާނެ ޘަވާބް ﷲ އެމީހަކަށް ދެއްވަވާނެ!" (އަލްމުސްތަޛްރަކް: 1307)

"މުސްލިމަކު ހިނަވައި މައްޔިތާގެ ޢައިބުތައް ފޮރުވައިފި މީހެއްގެ ފާފަތައް ﷲ 40 އަހަރަށް ފުއްސަވައި ދެއްވަވާނެ!" (އަލްމުސްތަޛްރަކް: 1307) އެހެން ރިވާޔަތެއްގައި ވަނީ އެމީހާގެ 40 ބޮޑުފާފަ ﷲ ފުއްސަވައިދެއްވަވާނެ ކަމަށެވެ. 

- ޝައިޚް އަހްމަދު ރިމާޒް

މިއަދު އޮންލައިން