މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނަވާރަ މީހުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 35ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނަވާރަ މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 22 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 30 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3149 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12895 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13147 އަށް އަރައިފައެވެ. މި ބައްޔަށް 543 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 44 މީހުންނަށެވެ.

މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން