ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު އުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު އުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އުވާލައިފިއެވެ. 

މިކަމާގުިގެން އެޗްޕީއޭ ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ކޮވިޑާ ގުޅިގެން ކާފިއު އިއުލާން ކޮށްފައި ވަނީ އެޕްރީލް މަހުގެ ތެރޭގައެވެ. އެންމެފަހުން ކާފިއު ގަޑީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 12 އިން ފަތިހު 4 އަށެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.  މިހާތަނަށް މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު ވަނީ 12,835 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,444 އަށް އަރައިފައެވެ. މި ބައްޔަށް 553 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 47 މީހުންނަށެވެ. އަދި 48 މީހަކު ވަނީ ނިޔާވެފައެވެ.

 

 

މިއަދު އޮންލައިން