އިމާމް ޝާފިޢީގެފާނުގެ އަރިއަހުގައި ދެންނެވުނެވެ. "މީސްތަކުންގެ ތެރެއިން މަތިވެރިކަންބޮޑުވެގެންވަނީ ދަތި އުނދަގޫޙާލަތެއް ކުރިމަތިނުކުރައްވަވާ ޙާލުގައި ޝުކުރުވެރިވާ މީހުންތޯއެވެ؟ ނުވަތަ ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވާ މީހުންތޯއެވެ.؟"
ޖަވާބުގައި ވިދާޅުވިއެވެ. " ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވާ މީހުންނެވެ. އެހެނީ މީހާގެ އީމާންކަން އިމްތިޙާންކުރެވިގެންދަނީ ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވުމުންނެވެ. އެހެންވެ ދަތި އުނދަގޫ ޙާލަތު ކުރިމަތިކުރައްވަވައި އިމްތިޙާން ނުކުރައްވަވާ އެއްވެް ރަސޫލްބޭކަލަކު ނުވެއެވެ."
ދަތިޙާލަތެއް ނުވަތަ މުޞީބާތެއް ކުރިމަތިކުރެއްވެވުމުން އުފާކުރަންވީއެވެ. އެއީ ތިމާ ިމްތިޙާންކުރެއްވެވުމަށް ﷲ ތަޢާލާ ޚިޔާރުކުރެއްވެވީތީއެވެ. ކެތްތެރިވުމުން ދެއްވަވަން އޮތް މަތިވެރި ނިޢްމަތް ދެއްވަވަން އިރާދަކުރެއްވެވީތީއެވެ. ދުނިޔެއާ އާޚިރަތް ކާމިޔާބުކުރުމަށް ފުރުޞަތު ދެއްވެވިކަމަށްޓަކައެވެ.
ދުނިޔޭގައި ދަތިތައް ކުރިމަތިނުކުރައްވަވާ އަޅުންނަށް މި މަތިވެރި ފުރުޞަތެއް ނުލިބެއެވެ. ވީމާ ތިމާއަކީ އެ ފުރުޞަތު ދެއްވެވި އަޅަކަށްވުމަކީ ﷲ ތަޢާލާ ދެއްވަވާ ކިހައި މަތިވެރި ނިޢްމަތެއް ހެއްޔެވެ؟
ހަމައެއާއިއެކު ޤަބޫލުކުރަންޖެހެ ކަމަކީ ނިޢްމަތްތައް މިންވަރުކުރެއްވެވުން އެއީވެސް އިމްތިޙާނުކުރެއްވެވުންކަމެވެ. ވީމާ ނިޢްމަތެއް މިންވަރުފުޅުކުރައްވަވައިފިނަމަ ޝުކުރުވެރިވާ އަޅަކުކަމުގައިވާށެވެ. އެ އިމްތިޙާނުން ފާސްވާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން