މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ވިހި މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ވިހި މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 20 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 22 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2035 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12,706 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,368 އަށް އަރައިފައެވެ. މި ބައްޔަށް 607 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހިސްިޓަލުގައި ފަރުވާ ދެމުން އަންނަނީ 67 މީހުންނަށެވެ.

މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން