މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އަށާރަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އަށާރަ މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 18 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 34 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2,058 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12,640 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,326 އަށް އަރައިފައެވެ. މި ބައްޔަށް 630 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހިސްިޓަލުގައި ފަރުވާ ދެމުން އަންނަނީ 66 މީހުންނަށެވެ.

މި ބަލީގައި 48 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން