ކޮވިޑް ޖެހިގެން ސާޅީސް އަށްވަނަ މީހާ ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ކޮވިޑް ޖެހިގެން ސާޅީސް އަށްވަނަ މީހާ ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށާއި މިއީ މިބަލީގައި ރާއްޖެއިން މަރުވި 48 ވަނަ މީހާކަމަށެވެ.

މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12,621 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,308 އަށް އަރައިފައެވެ. މި ބައްޔަށް 633 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 66 މީހުންނަށެވެ. 

މިއަދު އޮންލައިން