ކުވޭތުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޞަބާޙް ރައީސް ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ކުވޭތުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޞަބާޙް ރައީސް ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންނެވި ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި ކުވޭތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި، ކުވޭތާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ކުވޭތުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއެކު ރާއްޖޭގެ އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއަށް އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި، އެކަމަަށްޓަކައި ކުވޭތު ސަރުކާރަށް ޝުކުރު އަދާކުރައްވަމުންނެވެ.

މިއަދު އޮންލައިން