މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް ހަތަރުމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް ހަތަރުމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 34 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 26 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2058 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12,621 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,308 އަށް އަރައިފައެވެ. މި ބައްޔަށް 633 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހިސްިޓަލުގައި ފަރުވާ ދެމުން އަންނަނީ 66 މީހުންނަށެވެ.

މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން