މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ފަނަރަ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ފަނަރަ މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 15 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 39 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 1,731 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12,438 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,213 އަށް އަރައިފައެވެ. މި ބައްޔަށް 721 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހިސްިޓަލުގައި ފަރުވާ ދެމުން އަންނަނީ 70 މީހުންނަށެވެ.

މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން