މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް ނުވަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް ނުވަ މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 39 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 16 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 12،321 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،198 އަށް އަރައިފައެވެ. މި ބައްޔަށް 890 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 78 މީހަކަށެވެ.

މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން