މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް އަށް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް އަށް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 38 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 17 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11968 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13,049 އަށް އަރައިފައެވެ. މި ބައްޔަށް 1027 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 89 މީހަކަށެވެ.

މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން