ގެވެށި އަނިޔާ އާއި ދެކޮޅަށް ބޭނުންކުރާ ލޯގޯ އާއި ޝިޢާރު ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެހުމަށް ނިންމަވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ގެވެށި އަނިޔާ އާއި ދެކޮޅަށް ބޭނުންކުރާ ލޯގޯ އާއި ޝިޢާރު ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެހުމަށް ނިންމަވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހިންގަވާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރެއްވުމަށްޓަކައި، ކަނޑައަޅުއްވާފައިވާ ލޯގޯ އާއި ޝިޢާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 30 ވަނަ ދެންނެވުމުންނެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ. މި ޝިޢާރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ 1 ޑިސެންބަރު 2020 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިއަދު އޮންލައިން