މީހުން އުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުން މަޖިލީހުން ހިންގާ ޖަރީމާ އާ ދެކޮޅަށް ޢިލްމުވެރިން ތެދުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މީހުން އުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުން މަޖިލީހުން ހިންގާ ޖަރީމާ އާ ދެކޮޅަށް ޢިލްމުވެރިން ތެދުވެއްޖެ!

"ރައްޔިތުން ނޫން ބަސް ކިޔައި ނިންމާފަހުރި ކަންކަން އަލުން ގެންނަން އުޅޭނީ ޤައުމު ހަލަބޮލިކުރަން! މީޙުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކަން އެއްވެސް ފުރުޞަތެއް ދޭކަށް ދިވެހިން ޖާގައެއް ނުދޭނެ! މިފަދަ ކަންކަމަށް ވަކާލާތުކުރާ އެމްޕީންނަށް ވިސްނައިދޭން ރައްޔިތުން ނުކުންނަން ޖެހޭ!": ޝައިޚް އިލްޔާސް ޙުސައިން

23 ޑިސެމްބަރު މައިދާނުގައި ކޮށްފައިވާ 5 ޑިމާންޑުތަކުގައި ހިމެނޭ ގިނަކަންކަން މިޔަދު އަނެއްކާވެސް އެމްޑީޕީއިން ކުރާން ފަށާފައި އެވަނީ އެކަމަށް އިއްޔެގައި އިޙްތިޖާޖުކޮށް އިންކާރަށްނިކުތް މީހުންގެ އެއްބާރުލުމާވެސް އެކުގައެވެ! ދުނިޔޭގެ ހެއްލުންތެރިކަމާއެވެ! މިއަދުމީ އެހެން ދުވަހެކެވެ!" ޝައިޚް ޢަބްދުﷲ ބިން ޖަނާބް 

"ފެތުރިފައިވާ މުންކަރާތެއް ހުއްޓުވުމުގެ ބަދަލުގައި އެކަމެއް ޢާންމުކުރަން ރައްޔިތުންގެ މަޖިލިސް މެންބަރުން ގޮވާލައްވާނަމަ އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވައާއި ޚިލާފުވެވުނީ! މިފަދަ ބޭފުޅުން އިތުރު ދައުރަކަށް ނުހޮވުމަށް ރައްޔިތުން ވިސްނަން ޖެހޭ!" : ޑރ. އިޔާޟް

މިބޭފުޅުންގެ އިތުރުންވެސް ވަރަށް ގިނަ ޢިލްމުވެރިން ގެންދަވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރުމާ ދެކޮޅަށް ބަސްފުޅުވިދާޅުވަމުންނެވެ. 

ރައްޔިތުންގެ ގިނަބައަކު ދެކެނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން ކުރާ މަސައްކަތަކީ މަޖިލީހުން ވަރަށް ހީލަތްތެރިގޮތެއްގައި، އެއީ މެންބަރެއްގެ ޚިޔާލުކަމުގައި ދައްކަކައިގެން ކުރާކަމެއް ކަމަށް ބުނަމުންނެވެ.

މިއަދު އޮންލައިން