މެރެޑޯނާ ފުޓުބޯޅައިގަ ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެ!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މެރެޑޯނާ ފުޓުބޯޅައިގަ ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެ!: ޝައިޚް ޝަފީޢު

"މެރެޑޯނާވެސް 60 އަހަރުގައި މަރުވެއްޖެއެވެ. ފުޓުބޯޅާގައި ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެއެވެ. ސުވާލު ކުރައްވަން ވަޑައިގަންނަވާ މަލާކައިތުން ކުރައްވާނީ 3 ސުވާލެކެވެ. ރައްބަކީ ކޮބާ؟ ދީނަކީ ކޮބާ؟ ރަސޫލަކީ ކޮބާ؟ ޖަވާބު ނުދެވިއްޖެނަމަ، ހަލާކުވީއެވެ" .

މިއީ ފުޓުބޯޅައިގެ އެންމެ ބޮޑު ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި މެރަޑޯނާ މަރުވުމުން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުޅެވެ. 

އެއްވެސް މީހެއްގެ ދީނީ ޙަޤީޤަތެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެނަސް ޔަޤީންވާން އޮތް ކަމަކީ ދުނިޔޭގައި ކިތަންމެ މަޝްހޫރުވިނަމަވެސް އަދި ކިތަންމެ ވަރަކަށް ފައިސާވެރިވި ނަމަވެސް އެއިން އެއްވެސް ކަމަކުން އެމީހާ މަރުވުމަށްފަހު ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ފައިދާކުރާނީ ހަމައެކަނި ﷲ ތައާލާއަށް އީމާންވެ ތިމާއަށް ލިބުނު މަޝްހޫރުކަމާއި ތަނަވަސްކަމުގެ ބޭނުން ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ހިފާފައިވާނަމައެވެ.

މިއަދު އޮންލައިން